މިއީ ބ. އަތޮޅު ތައުލީމީ މަރުކަޒަށް ކާމިޔާބު އަހަރެއް: ރަފީއު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޔޫކޭޖީ ކުދިންގެ ގުރެޖުއޭޝަން ރަސްމިއްޔާތު. ފޮޓޯ: ތޯރިގް އަބްދުއްރަހްމާން / އީޓީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޔޫކޭޖީ ކުދިންގެ ގުރެޖުއޭޝަން ރަސްމިއްޔާތު. ފޮޓޯ: ތޯރިގް އަބްދުއްރަހްމާން / އީޓީ

ހުރިހާ ގޮތަކުން ބަލާފައި ވެސް މިއަހަރަކީ ބ. އަތޮޅު ތައުލީމީ މަރުކަޒަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވެއްޖެ އެވެ.

އަހްމަދު ރަފީއު ވިދާޅުވީ ކިޔެވުމުގެ އިތުރުން ކުޅިވަރުތަކުން ވެސް ކާމިޔާބު ހޯދަން ގިނަ މަސައްކަތްތަކެއް މި އަހަރު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިއަހަރު ބޭއްވި އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުން އެ ސްކޫލުގެ ދަރިވަރުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ބެޑްމިންޓަން މުބާރާތުން ތައުލީމީ މަރުކަޒަށް ލިބުނު ކާމިޔާބީތައް

    19 އަހަރުން ދަށް (ފިރިހެން) ގޯލްޑް މެޑަލް – ޗެމްޕިއަން
    14 އަހަރުން ދަށް (ފިރިހެން) ރަނާއަޕް – ރިހި މެޑަލް
    16 އަހަރުން ދަށް (އަންހެން) ތިނަވަނަ – ބްރޯޒް މެޑަލް

މީގެ އިތުރުން މިއަހަރު ބޭއްވި އޭލެވެލް އިމްތިހާނުން އެ ސްކޫލުގެ ދަރިވަރަކު ވަނީ ބިޒްނަސް ސްޓަޑީޒް މާއްދާއިން ދުނިޔެއިން އެއް ވަނަ ވެސް ހޯދައިފަ އެވެ. އަދި އެ އިމްތިހާނުގައި 52 ދަރިވަރުން ބައިވެރިވެ އޭގެ ތެރެއިން 11 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނޭ ފެންވަރަށް ފާސްވެފަ އެވެ.

ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުގައި ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުކުރަން ވަކިވަކި މާއްދާތަކަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް މިއަހަރުވެސް ވަނީ ހިންގައިފަ އެވެ. އަދި ޓީޗަރުންގެ ފެންވަރު މަތިކުރަން ވެސް ތަފާޓު ޕްރޮގްރާމުތައް ހިންގާފަިއވާ ކަމަށް އެ ސްކޫލުން ބުނެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޔޫކޭޖީ ކުދިންގެ ގުރެޖުއޭޝަން ރަސްމިއްޔާތު. ފޮޓޯ: ތޯރިގް އަބްދުއްރަހްމާން / އީޓީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޔޫކޭޖީ ކުދިންގެ ގުރެޖުއޭޝަން ރަސްމިއްޔާތު. ފޮޓޯ: ތޯރިގް އަބްދުއްރަހްމާން / އީޓީ

ރަށުން ބޭރު ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލުގައި މިއަހަރު 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.