މާލޭގައި މިހާރު ކުރިއަށްދާ ގޯލް ކަޕް ގައި އޭދަފުއްޓާއި ތިމަރަފުށި ބައްދަލުކުރާ މެޗުގައި އޭދަފުށީ ފުޓްބޯޅަ ޓީމަށް ސަޕޯޓް ކުރުމަށް މާލެދިއުމަށް ހާއްސަ ދަތުރެއް ބާއްވަން ނިންމައިފި އެވެ.
އޭދަފުށި ކައުންސިލުން ބުނީ ބުދަ ދުވަހު ހަވީރު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ބެލުމަށް ޓީމާއެކު މާލެ ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ހާއްސަ ދަތުރުގައި ޓިކެޓް ވިއްކަނީ ދެކޮޅަށް 600ރ އަށެވެ. އޭދަފުށިން ފުރާނީ އަންގާރަ ދުވަހުގެ މެންދުރު 2:00 ގަ އެވެ. އަދި އެނބުރި މާލެއިން ފުރުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެރޭ 7:00 ގަ އެވެ.
މެޗު ބެލުމަށާއި ޓީމަށް ސަޕޯޓް ކުރުމަށްދާން ބޭނުންވާ ފަރާތްތަކުން، މި ދަތުރާ ގުޅޭ އިތުރު މައުލޫމާތު 9998349 ނަމްބަރަށް ގުޅުއްވުމުން ލިބޭނެ އެވެ.
ގޯލްޑް ކަޕްގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު ވަނީ 5-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ.