މާލެ ވެސް ބަލިކޮށް، އޭދަފުށި ގްރޫޕްގެ އެއްވަނަ ހޯދައިފި

އޭދަފުއްޓާ ތިމަރަފުށީ ބައްދަލުކުރި މެޗުގައި ކެޕްޓަން ފާސިރު ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ — ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ ސިޓީ ބަލިކޮށް، ބ. އޭދަފުށިން ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގުރޫޕް ސްޓޭޖުން އެއްވަނަ ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އޭދަފުށިން ލީޑު ނަގާފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި އޭދަފުށިން ލީޑު ފުޅާކުރިއިރު، މި ލަނޑު ޖަހައިދިނީ މުޙައްމަދު ފާސިރެވެ.

މި ނަތީޖާއާއެކު އޭދަފުށިން ވަނީ ތިން މެޗުން 9 ޕޮއިންޓް ހޯދައި، ގްރޫޕް ބީގެ އެއްވަނަ ހޯދާފައެވެ. މާލެ ސިޓީ ދެވަނައަށް ދިޔައިރު، ތިމަރަފުށްޓާއި ތުޅާދޫ ވަނީ ޕޮއިންޓެއް ނުލިބި ބާކީވެފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 17 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެން ވާދަކުރެއެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައަށް އާ ފޯރިއެއް ގެނައުމަށް ބޭއްވޭ ޚާއްސަ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.