
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި އޭދަފުށިން މިރޭ ކ. މާފުއްޓާ ދެކޮޅަށް ނުކުންނާނެ އެވެ.
ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި އޭދަފުއްޓާއި މާފުއްޓާ އެކު އެ ގްރޫޕުގައި ހިމެނެނީ ހއ. ދިއްދޫ އެވެ.
މިރޭގެ މެޗު ގަލޮޅު ދަނޑުގައި ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ. މެޗަށް ނުކުންނައިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ އޭދަފުށީގެ ސަޕޯޓަރުން ދަނޑަށް ދިއުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.
އޭދަފުށި ޓީމު މިރޭ ބޭނުންކުރާނީ ރަތް ޖާޒީ އެވެ. އެހެންވެ، ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ދަނޑަށް ދިއުމަކީ ޓީމުން އެދޭ އެދުމެކެވެ. މެޗުގައި އޭދަފުށި ސަޕޯޓަރުންނަށް ހާއްސަކޮށްފައިވަނީ އޮލިމްޕަސް / މަޖީދީމަގު ފަޅި އެވެ.
އޭދަފުށި ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ މެޗުގައި ތުޅާދޫ 1-5 އިން ބަލިކުރިއިރު ދެވަނަ މެޗުގައި ތ. ތިމަރަފުށި އަތުން މޮޅުވީ 0-4 އިންނެވެ. ގްރޫޕުގެ ފަހު މެޗުގައި މާލެއާ ވާދަކޮށް އޭދަފުށި މޮޅުވީ 0-2 އިންނެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި މާފުއްޓާ ކުޅުމަށް ފަހު ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އޭދަފުށި ނުކުންނާނީ ދިއްދޫއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލަށް ހޮވޭނީ ގްރޫޕުން އެންމެ ކުރި ހޯދާ ދެ ޓީމެވެ.
މާފުއްޓާ ދެކޮޅަށް އޭދަފުށި ކުޅޭ މެޗު ގަލޮޅު ދަނޑުގައި ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މެޗުގައި އޭދަފުށި ބޭނުންކުރާނީ ރަތް ޖާޒީ އެވެ. އެހެންވެ ރަތް ކުލައިގެ ހެދުމުގައި އޭދަފުށީ ސަޕޯޓަރުން ދަނޑަށް ދިއުމަށް ޓީމުން އެދެ އެވެ. މެޗުގައި އޭދަފުށި ސަޕޯޓަރުންނަށް ހާއްސަކޮށްފައިވަނީ މަޖީދީމަގު / އޮލިމްޕަސް ފަޅި އެވެ.

