ހޮނިހިރު ދުވަހެއްގައި، މޮޅުވާން މަޖުބޫރު މެޗަކަށް އޭދަފުށި ނުކުންނަނީ

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި އޭދަފުށިން މިއަދު ހަވީރު ހއ. ދިއްދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.

މިއަދުގެ މެޗަކީ މުބާރާތުގައި ކުރިއަށްދާން އޭދަފުށި ތިން ގޯލުގެ ތަފާތުން މޮޅުވާން މަޖުބޫރު މެޗެކެވެ.

ގްރޫޕުގައި އޭދަފުއްޓާއި ދިއްދޫގެ އިތުރުން ހިމެނެނީ ކ. މާފުއްޓެވެ. ފުރަތަމަ މެޗުގައި މާފުއްޓާ ވާދަކޮށް 0-2 އިން އޭދަފުށި ވަނީ ބަލިވެފަ އެވެ. ދެވަނަ މެޗުގައި މާފުށި ވަނީ ދިއްދޫއާ ވާދަކޮށް 0-2 އިން ބަލިވެފަ އެވެ. އެހެންވެ ދިއްދޫ ތިން ގޯލުގެ ތަފާތުން ދިއްދޫ ބަލިކޮށްގެން ނޫން ގޮތަކަށް އޭދަފުއްޓަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރެއް ނުކުރެވޭނެ އެވެ.

އޭދަފުށި ޓީމުން ބުނީ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށާއި، މެޗުގައި އެންމެ މުހިއްމީ ސަޕޯޓަރުންގެ ތަރުހީބު ކަމަށެވެ.

“ކުޅުންތެރިން ތިބީ ތައްޔާރަށް. އެކުޅުންތެރިންނަށް ބޭނުންވަނީ ސަޕޯޓަރުންގެ ހުއްޓުމެއް ނެތް ތަރުހީބު. އޭދަފުށީގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ސަޕޯޓް ކޮށްދިނުމަކީ މުޅި ޓީމުގެ ވަރަށް ބޮޑު އެދުމެއް” އޭދަފުށި ފުޓްބޯޅަ ޓީމުގެ އޮފިޝަލް ބުންޏެވެ.

އޭދަފުށި ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގެ ތިން މެޗުން މޮޅުވިއިރު ސަޕޯޓަރުން މުހިއްމު ދައުރެއް އަދާކުރި އެވެ. ދެވަނަ ބުރުގައި ދިއްދޫއާ ވާދަކުރާއިރު ވެސް ޓީމުން އެދެނީ އެއަށްވުރެ ފުރިހަމަ ތަރުހީބަކަށެވެ.

ދިއްދޫ މެޗުގައި ޓީމަށް ސަޕޯޓް ދިނުމަށް ސަޕޯޓަރުން މިއަދު މާލެ ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިން ގޯލުގެ ތަފާތުން ދިއްދޫ ބަލިކޮށްފި ނަމަ އޭދަފުށި ކުއާޓާ ފައިނަލަށް ހޮވޭނީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މެޗު އެއްވަރުވެ ނުވަތަ އެއް ގޯލުގެ ތަފާތުން ދިއްދޫ ބަލިވިޔަސް އޭދަފުށި މުބާރާތުން ކަޓާނެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ދިއްދޫއާ ދެކޮޅަށް އޭދަފުށި ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 3:50 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.