
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް، އެ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމުގައި ހުންނެވި ޝާހިދާ އަބްދުލްޣަފޫރު ހަމަޖައްސައިފި އެވެ.
އޭނާ ވަނީ ޓީޗިން ދާއިރާއިން ބެޗެލާ އޮފް އާޓްސް އިން އިންގްލިސް އޭސް އަ ފޮރިން ލޭންގުއޭޖް އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އިންގްލެންޑް އިން އެޑިޔުކޭޝަން ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ޝާހިދާ ހަމަޖެހުމާ ގުޅިގެން އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިއީ އޭނާގެ ހިތްވަރާއި، ލީޑަޝިޕާއި އަދި ފެންވަރު ރަނގަޅު މަސައްކަތަށް ލިބުނު ހައްޤު ކާމިޔާބީއެއް ކަމަށެވެ.
މީގެ އަށް އަހަރު ކުރިން ބ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅިވަޑައިގަތް ޝާހިދާ އަންނަނީ އެ ސްކޫލުގެ އިނގިރޭސި ޓީޗަރެއްގެ އިތުރުން އެ ޑިޕާޓްމަންޓްގެ އެޗްއޯޑީގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.
