
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި ދެ މަޝްރޫޢެއް ނިންމާލައިފި އެވެ.
މިގޮތުން ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރޭގައި ހދ. ކުމުންދޫގައި މަހުގެ ކުނިން މަސްކާނާ އުފައްދާ ޕްލާންޓެއް ގާއިމުކުރުމާއި، ގދ. ވާދޫގެ ބްލޫ ބައުލްސް ރާޅާއަޅާ ސަރަހައްދުގެ ފަރު ރައްކާތެރިކުރުމުގެ މަޝްރޫޢު ހިމެނެ އެވެ.

ކުމުންދޫގެ މަޝްރޫޢު ހިންގާފައިވަނީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) އިން ކަމަށްވާއިރު، ވާދޫގެ މަޝްރޫޢު ހިންގާފައިވަނީ ހުވަދޫ އެސޯސިއޭޝަން ފޯ ޓޫރިޒަމް (ހެޓް) އިންނެވެ.
މި މަޝްރޫޢުތައް ތަރައްޤީކޮށްފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގެ ތަރައްޤީގައި ޖަމިއްޔާތަކުގެ ދައުރު އިތުރުކުރުމަށް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

