
ރިވައިވަލް ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ޓީމެއް ޓްރޭނިން ކޭމްޕެއް ފުރިހަމަ ކުރުމަށް މިރޭ މެލޭޝިއާ އަށް ފުރައިފި އެވެ.
ތިން ހަފްތާގެ މުއްދަތަށް މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީގައި ކުރިއަށްގެންދާ މި ޓްރެއިނިން ކޭމްޕްގައި ރިވައިވަލްގެ ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ހަތް ކުއްޖަކު ބައިވެރިވެ އެވެ.
ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބެޑްމިންޓަން އެކަޑަމީން ބުނިގޮތުގައި ކުޅުންތެރިން މެލޭޝިއާގެ އޭޝިއާ ބާޑްމިންޓަން އެކަޑަމީގައި 3 ހަފްތާގެ ތަމްރީނު ކޭމްޕެއްގައި ބައިވެރިވާނެ އެވެ. މި ތަމްރީނު ކޭމްޕަކީ ޒުވާން – ހައި ޕާފޯމަންސް ކުޅުންތެރިން ބެޑްމިންޓަންގެ އަސާސީ ތަމްރީނުތަކަށް އަހުލުވެރިވުމަށް ރާވާފައިވާ ކޭމްޕެކެވެ.
މީގެ އިތުރުން މި ކުޅުންތެރިން މެލޭޝިއާގެ ކެޕޮންގ ގައި ބޭއްވޭ ޓީބީއެޗް ބެޑްމިންޓަން އެކަޑަމީ ޗެމްޕިއަންޝިޕް 2024 ގައި ބައިވެރިވާނެއެވެ. މި މުބާރާތުގައި 15 އަހަރުން ދަށިގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސް ގައި ވާދަކުރާނެއެވެ.
ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ ހަ ކުއްޖަކު މިއަހަރު ކުރީކޮޅު ވެސް މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީގައި ޓްރޭނިން ކޭމްޕެއްވަނީ ފުރިހަމަކޮށްފަ އެވެ.

