ރަން ތަށި ހޯދި ޓީމު މިއަދު ރަށަށް، ހޫނު މަރުހަބާއަކަށް ތައްޔާރު

ޗެމްޕިއަން ޓްރޮފީއާއެކު އޭދަފުށި އުފާފާޅުކުރަނީ—ފޮޓޯ/އިމޭޖަސް.އެމްވީ

ގޯލްޑް ކަޕްގެ ފައިނަލުގައި އަންގާރަ ދުވަހުގެ ރޭ  2-0 އިން އައްޑޫ ސިޓީ ބަލިކޮށް ޗެމްޕިއަންކަން ހޯދި އޭދަފުށީ ފުޓްބޯޅަ ޓީމު  އެނބުރި މިއަދު ރަށަށް އަންނައިރު ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވަމުން އެބަދެ އެވެ.

ޓީމަށް މަރުހަބާ ކިޔުމަށްޓަކައި ރަށުކައުންސިލާ ރައްޔިތުންނާ ގުޅިގެން އިއްޔެ އިން ފެށިގެން ފޯރީގައި އަންނަނީ ތައްޔާރުވަމުންނެވެ. 

ރަން ތައްޓާއެކު ޓީމު މިއަދު ހަވީރު 4:30 ގައި ރަށަށް އަންނައިރު  ރަތް ކުލައިގެ ހެދުމެއްގައި ރަސްމީ ފާލަން ދޮށަށް ވީހާވެސް ގިނަ ބަޔަކު ރަށު ކައުންސިލުން ވަނީ އެދިފަ އެވެ. 

ފައިނަލު މެޗުގައި އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) ނަގައި ދިން ކޯނަރު ފާއްޓޭ ބޮލުން ފޮނުވާލައިގެންނެވެ. އޭދަފުށީގެ ދެވަނަ ލަނޑަކީ ހަމްޕު ބޮލުން ޖައްސާލި ބޯޅައެއް ހޯދައި، ސެންޓޭ އޭރިއާތެރެއިން ކުޅުންތެރިއަކު ނައްޓާފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

އޭދަފުށީ ޓީމު ހޯދި ކާމިޔާބީއާ ގުޅިގެން ސޯސިއަލް މީޑީއާ ގައިވެސް ގިނަ ބަޔަކު އެ ޓީމަށް ދަނީ މަރުހަބާ ކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.