
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން އޭދަފުށި ޓީމު ރަށަށް އައުމުން ރަށުގެ ކުދިބޮޑު އެންމެން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މިއސދު ހަވީރު ޓީމު ރަށަށް އައުމުން މަރުހަބާ ކިޔުން ފެށުނީ ކަނޑުމަތިންނެވެ. އެގޮތުން ކަނބަލުން ކުރުފަލީގައި ޓީމު އެސްކޯޓްކޮށް ބަނދަރާ ހަމައަށް ގެންގޮސްފައިވެއެވެ. ފާލަމަށް އެރުމާއެކު އުފާވެރި ޖަޒުބާތުގައި ތަށި ދައްކާލުމަށްފަހު ދަނޑާ ހަމައަށް ދިޔައީ ވެހިކަލް ޕެރޭޑެއްގައެވެ.
އެއަށްފަހު ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި މަރުހަބާގެ ނެށުންތަކާއި އެކު ރަށުގެ ހެޔޮއެދޭ ފަރާތްތަކުން ޓީމަށް ފައިސާގެ އިނާމްތައްވެސް ދީފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ސުކޫތެއް ބޭއްވިއެވެ.
މިއީ އެއްރަށަކުން މިހާ ގިނަ ކާމިޔާބީތަކެއް ހޯދި ފުރަތަމަ ފަހަރެވެ. މިއަހަރު އޭދަފުށިން ވަނީ ގޯލްޑް ކަޕާއި، ގޯލްޑެން ފުޓްސަލް މުބާރާތާއި، ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދާފައެވެ.
އަންނަ މަހު ފަށާ ގޯލްޑް ފުޓްސަލް ޗެލެންޖް މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ވެސް އޭދަފުށިން މިހާރު ވަނީ ފަށައިފަ އެވެ.