އައިފްލިކްސް ދިރާގުން ތައާރަފްކޮށްފި

 އައިފްލިކްސް ރާއްޖެ އަށް ތައާރަފް ކުރަން ރޭ ބޭއްވި ހަފުލާގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ދިރާގު

އައިފްލިކްސް ރާއްޖެ އަށް ތައާރަފް ކުރަން ރޭ ބޭއްވި ހަފުލާގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ވާހަކަ ދައްކަވަނީ.– ފޮޓޯ: ދިރާގު

ދުނިޔޭގައި ކުރި އަރަމުން އަންނަ އައިފްލިކްސް ގެ ހިދުމަތް ދިރާގުން ތައާރަފްކޮށް، ދިރާގު ކަސްޓަމަރުންނަށް 3 މަސް ދުވަހު މުޅިން ހިލޭ މި ހިދުމަތް ދިނުމަށް ދިރާގުން ނިންމައިފި އެވެ.

ހޮލީވުޑް ފިލުމާއި އެންމެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާއި، ކުޑަކުދިންގެ ޚާއްޞަ ކޮންޓެންޓާއި ބޮލީވުޑްގެ މަޝްހޫރު ފިލްމު އިންޓަރނެޓް މެދުވެރިކޮށް ބަލާލެވޭނެ ހިދުމަތެއް ދުނިޔޭގެ ކުރިއަރަމުން އަންނަ އައިފްލިކްސް އާއި ގުޅިގެން މިވަނީ ދިރާގުން ތައާރަފް ކޮށްފައި ވާއިރު ދިރާގު ކަސްޓަމަރުންނަށް އައިފްލިކްސްގެ މުޅި ލައިބްރަރީއަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެއެވެ.

މީގެ ތެރޭގައި އައިފްލިކްސް އަށް އެކަނި ހާއްސަ އެކްސްކްލޫސިވް ޓީވީ ސިލްސިލާތަކާއި އެންމެ މަގުބޫލު ޑްރާމާތަކާއި ފިލްމުތަކާއި އަދި ކުޑަކުދިންގެ ޕްރޮގްރަމްތައް ހިމެނެއެވެ. އަދި ހަމަ އެއާއެކު އައިފްލިކްސް މެދުވެރިކޮށް ބައްލަވަން ބޭނުންފުޅުވާ ޝޯވއެއް ޑައުންލޯޑް ކުރައްވާ އޮފްލައިންކޮށް ބެއްލެވުމުގެ ހިދުމަތް ވެސް ލިބިގެންދާނެއެވެ.

އައިފްލިކްސް އަށް ލޮގް އިން ކުރައްވައިގެން ތަފާތު 5 ޑިވައިސް އަކުން މި ހިދުމަތް އެއްފަހަރާ ލިބިގެން ދާނެއެވެ. މީގެ ތެރޭގައި ފޯން، ލެޕްޓޮޕް، ޓެބްލެޓް، ޑެސްކްޓޮޕް އަދި ޓީވީ ވެސް ހިމެނެއެވެ.

އައިފްލިކްސް ގެ ހިދުމަތް މިހާރު މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް، އިންޑޮނޭޝިއާ، ސްރީލަންކާ، ބްރޫނާއި އަދި ދިވެހި ރާއްޖޭގައި ލިބިގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.