
ބީއެމްއެލް އިން މާސްޓާކާޑް ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކް ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މާސްޓަކާޑު ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
ކޮލޮމްބޯ ފެޝަން ވީކް ބާއްވަނީ ފެބްރުއަރީ 19 އިން 22 އަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދެ މީހުންނަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓާއި ފަސްތަރީގެ ހޮޓަލެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ފެޝަން ވީކްގެ ވީވީއައިޕީ ސީޓިން ލިބޭނެ އެވެ. އަދި ހާއްސަ ކަލިނަރީ އަދި އެހެން ތަޖުރިބާތައް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށެވެ.

