ފޭލި ޖަމިއްޔާގެ ގޯތި ތެރޭގައި ހުރި ދެ އިމާރާތެއް ކުއްޔަށްދެނީ

ފޭލި ގޯތި ތެރޭގައި ހަދާފައިހުރި ދެ އިމާރާތް. މިދެތަން ކުއްޔަށްދޭން އެ ޖަމިއްޔާއިން މިހާރުވަނީ އިއުލާން ކޮށްފައި
ފޭލި ގޯތި ތެރޭގައި ހަދާފައިހުރި ދެ އިމާރާތް. މިދެތަން ކުއްޔަށްދޭން އެ ޖަމިއްޔާއިން މިހާރުވަނީ އިއުލާން ކޮށްފައި

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންޖޭކް (ފޭލި ޖަމިއްޔާ) ގެ ގޯތީގައި ހަދާފައިހުރި ދެ އިމާރާތެއް ކުއްޔަށް ދޫކުރަން އެ ޖަމިއްޔާއިން ނިންމައިފި އެވެ.

އެ ޖަމިއްޔާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އިމާރާތްތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ ހުކުރު ދުވަހުގެ 16:00 އަށް އެ އިމާރާތަށް ހާޒިރުވާން ޖެހޭ ކަމަށެވެ، އަދި މައުލޫމާތު ސާފު ކުރުމަށްފަހު މި އަންނަމަހުގެ 1 ވަނަ ދުވަހު ހަވީރު 16:00 އަށް އެ އިމާރާތަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށްވެސް އެ އިއުލާނުގައި ބުންޏެވެ.

މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 7704030، 963111 އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.