އަތޮޅު ބުރުގައި ފެހެންދޫ އާއި ތުޅާދޫ ވާދަކުރާ މެޗު މިރޭ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ފެހެންދޫ އާއި ތުޅާދޫ ވާދަކުރާ މެޗު މިރޭ ކުޅޭނެ އެވެ.

އަތޮޅު ބުރުގައި ފެހެންދޫ އާއި ތުޅާދޫގެ އިތުރުން ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓެވެ.

ގްރޫޕުގެ ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ 0-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ. ތިން ޓީމު ވާދަކުރާ ލީގު ބުރުން އެންމެ ކުރި ހޯދާ ދެ ޓީމަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. ޒޯން ބުރަށް ކޮލިފައިވާނީ އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމެވެ.

ފެހެންދޫ ވަނީ 2023 ވަނަ އަހަރުގެ އަތޮޅު ފައިނަލުގައި ކުޅެފަ އެވެ. އެ ފައިނަލުގައި މޮޅުވާން ދަނިކޮށް އޭދަފުށިން ފެހެންދޫ ބަލިކުރީ މެޗުގެ ފަހުކޮޅު ކާމިޔާބުކުރި ގޯލުތަކުންނެވެ. އޭގެފަހުން މިދިޔަ އަހަރުގެ މުބާރާތުގައި ފެހެންދޫ ވާދަކޮށްފައެއްނުވެ އެވެ.

ތުޅާދޫ އަކީ ގަވައިދުން މުބާރާތުގައި ވާދަކުރަމުން އަންނަ ރަށެކެވެ. އެޓީމު ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި އޭދަފުށި އަތުން ބަލިވެފަ އެވެ. އެކަމަކު މީގެކުރިން ތުޅާދޫ އިން އަތޮޅު ޗެމްޕިއަންކަން އެއްފަހަރު ހޯދި އެވެ. އެ ފައިނަލުގައި ތުޅާދޫ މޮޅުވީ ހިތާދޫއާ ވާދަކޮށެވެ.

އަތޮޅު ލީގު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ފެހެންދޫ ވާދަކުރާނީ ހޮނިހިރު ދުވަހުގެ ރެ އެވެ. އަތޮޅު ފައިނަލް މެޗު އޮންނާނީ ޖެނުއަރީ 30 ވަނަ ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.