
ބ. އޭދަފުށީ ފަޅުތެރެއަށް ވެއްޓުނު ބިދޭސީއެއްގެ ފުރާނަ ސަލާމަތްކުރި ދެ ފަރާތަކަށް ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބ. އަތޮޅު ފުލުހުން ހަނދާނީ މެޑައްޔެއް ދީފި އެވެ.
ނޯތު ޕޮލިސް ޑިވިޜަންގެ ބ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމް ވަނީ، ބިދޭސީ މީހާ ސަލާމަތްކޮށްދިން އޭދަފުށީ އަބްދުލް ހައްނާން އިބްރާހިމް އަދި މުހައްމަދު ނާޝިދާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. މި ދެ ފަރާތާ ވަކިވަކިން ބައްދަލުކުރައްވާ “މެޑެލް އޮފް ބްރޭވަރީ” ހަވާލުކުރެއްވީ އަފްރާ އެވެ.

ހަންނާނު އާއި ނާޝިދު އެހީވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 9 ވަނަ ދުވަހުގެ ހަވީރު 6:30 ހާއިރު އޭދަފުށީ ބަނދަރުމަތިން ހިނގާފައި ދަނިކޮށް ފަޅުތެރެއަށް ވެއްޓުނު ބިދޭސީ އަންހެނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށެވެ.
ބ. އަތޮޅު ފުލުހުން ބުނީ އެ ދެ ފަރާތުން ވަނީ އަމިއްލަ ފުރާނައަށް ބެލުމެއްނެތި މި ނުރައްކާތެރި ހާދިސާގައި ބިދޭސީ މީހާގެ ފުރާނަ ސަލާމަތްކޮށްދީފައިވާ ކަމަށެވެ.
