އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާން އާއި ކިހާ ޖަމިއްޔާ އަދި ކިހާދޫ ކައުންސިލު ގުޅިގެން އެ ރަށުގައި ޤާރީ ކޯހެއް ފަށައިފިއެވެ.
މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު (އެމްކިޔުއޭ) ގަބޫލުކުރާ ސެޓްފިކެޓް ލެވްލް 1 ގެ މިކޯހުގައި 55 މީހުންވަނީ ބައިވެރިވެފަ އެވެ.
ރޭ ކިހާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސް އިފްތިތާހުކޮށްދެއްވީ ކިހާދޫ ސްކޫލުގެ ސްކޫލު އެޑްމިނިސްޓްރޭޓަރު އިބްރާހިމް ނައީމު އެވެ. އެ ޖަލްސާގައި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާންގެ ފަރާތުން ހެޑް އޮފް އެކަޑެމިކް އަލްއުސްތާޒު އަލީ ޒިޔާދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ދެ ކްލާހަކަށް ބަހާލައިގެން، ކުރިއަށް ގެންދާ މިކޯހަކީ 1 މަސްދުވަހުގެ މުއްދަތައް ހިންގާ ކޯހެކެވެ.