
އުރީދޫ މޯލްޑިވްސްގެ 5ޖީ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދިޔަ، ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ހަދިޔާކުރުމުގެ ޕްރޮމޯޝަން ނިންމާލައިފި އެވެ.
މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމު، ހޮންޑާ ރިބެލްގެ ނަސީބުވެރިޔަކަށް އިބްރާހިމް އަފްރާ ހޮވި، ހުޅުމާލެ ރުއްގަނޑުގައި ބޭއްވުނު ކުލަގަދަ ޝޯވއެއްގައި ވަނީ އިނާމު ހަވާލު ކޮށްފަ އެވެ.
31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮމޯޝަނުގައި، އުރީދޫގެ 30 ކަސްޓަމަރަކަށް ވަނީ އެއާ ބްލޭޑް 125، އެއާ ބްލޭޑް 160 އަދި ޕީސީއެކްސް 160 ފަދަ އަގުހުރި ސައިކަލުތައް ހަދިޔާކޮށްފަ އެވެ.
ރާއްޖޭގެ 60 އިންސައްތަ ސަރަހައްދު ކަވަރުކުރާ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ޤާއިމްކޮށްފައިވާ އުރީދޫއިން މި ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް ހަލުވި ސްޕީޑާއި ދަށް ލެޓެންސީއާއެކު ކަނެކްޓިވިޓީ އިތުރުކޮށްދޭ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުންނެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮން އެއް ބޭނުންކުރަން ޖެހުނެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮން އެއް ބޭނުންކުރަން ޖެހުނެވެ.

