އޭދަފުށީގެ 26 ކުޅުންތެރިން ރިވައިވަލް ބެޑްމިންޓަން މުބާރާތަށް!

ރިވައިވަލް ސްޕޯޓްސް ކްލަބުން މާލޭގައި ބާއްވާ، 90،000 ރުފިޔާގެ އިނާމު ހިމެނޭ “ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025” ގައި ބ. އޭދަފުށީގެ 26 ކުޅުންތެރިން ބައިވެރިވުމަށް ނިންމައިފިއެވެ.

މިމަހުގެ 29 އިން ފެބްރުއަރީ 1 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މި މުބާރާތުގައި އެ ކުޅުންތެރިން ވާދަކުރާނީ ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ނަމުގައެވެ.

މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ ތެރޭގައި އަންހެން އަދި ފިރިހެން އެކި އުމުރުފުރާތަކުގެ ކުޅުންތެރިން ހިމެނެއެވެ. 11 އަހަރުން ދަށުން ފެށިގެން 19 އަހަރުން ދަށުގެ ބައިތަކުގައި ވާދަކުރާނެ މި ކުޅުންތެރިންގެ ތެރޭގައި އޯޕަން ކެޓަގަރީގައި ވާދަކުރާނެ ކުޅުންތެރިންވެސް ހިމެނެއެވެ.

މުބާރާތުގައި މޮޅުވާ ކުޅުންތެރިންނަށް ބޮޑެތި އިނާމުތައް ކަނޑައަޅާފައިވާއިރު، އޯޕަން ކެޓަގަރީގެ ޑަބަލްސް ޗެމްޕިއަނުންނަށް 20،000 ރުފިޔާ އަދި ރަނަރަޕަށް 10،000 ރުފިޔާ ލިބޭނެއެވެ. އަދި ޖޫނިއާ ސިންގަލްސް ޗެމްޕިއަނަށް 2،000 ރުފިޔާ އަދި ރަނަރަޕަށް 1،000 ރުފިޔާ ލިބޭނެއެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކްލަބެކެވެ. މީގެ ކުރިން، ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ ބ. އޭދަފުށީގައި ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިންނަށް ކާމިޔާބު މުބާރާތެއްވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.