ޓޫރިޒަމުން ލިބޭ ބޭރު ފައިސާ މާރުކުރަން ބީއެމްއެލްގެ ހާއްސަ ޕްލެޓްފޯމެއް

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާ މާރުކުރުމަށް ބީއެމްއެލްއިން ހާއްސަ އޮންލައިން ޕްލެޓްފޯމެއް ތައާރަފްކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގައި ހިމެނޭ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި އެ ނޫން ވެސް ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށް މިދިޔަ އަހަރު އަމަލުކުރަން ފެށި ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ވަނީ ލާޒިމްކޮށްފަ އެވެ.

ބީއެމްއެލްއިން ބުނީ އެކަމަށް ހާއްސަ އޮންލައިން ޕްލެޓްފޯމެއް ގާއިމްކުރީ ބޭރު ފައިސާއާބެހޭ ގާނޫނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ބޭރު ފައިސާ މާރުކުރެވޭނެ މަގުފަހިކޮށް ދިނުމަށް ކަމަށެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް، ވިޔަފާރިތަކަށް ބޭރު ފައިސާ މާރު ކުރުމުގެ ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް، ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެ އެވެ. އަދި އެ ޕްލެޓްފޯމް މެދުވެރިކޮށް ބޭންކުން ޑޮލަރު ގަންނާނީ 15.42 ރުފިޔާ އަށެވެ. އެއީ ބޭންކުން ޑޮލަރު ވިއްކާ އަގެވެ.

ޓޫރިޒަމްގެ ދާއިރާގެ ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހު އެވެ. މިއީ ރާއްޖޭގައި ޑޮލަރުގެ ދަތި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފާސްކުރި ގާނޫނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.