އޭދަފުށީ ކޭބަލް ނެޓްވޯކުން ޑިޖިޓަލް ޑީކޯޑަރު ހިލޭ ދޭ ޕްރޮމޯޝަނެއް

et

މީޑިއާ ނެޓާ ގުޅިގެން އޭދަފުށީގައި ކޭބަލް ޓީވީގެ ހިދުމަތްދޭ އޭދަފުށީ ކޭބަލް ނެޓްވޯކުން ޑިޖިޓަލް ޑީކޯޑަރު ހިލޭ ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޭދަފުށީ ކޭބަލް ނެޓްވޯކުން ބުނި ގޮތުގައި އަލަށް ޑިޖިޓަލް ހިދުމަތަށް އެދޭ، މިވަގުތު ނެޓްވޯކްގައިތިބި ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ފެށި މި ޕްރޮމޯޝަން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 5 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 999ރ އަށް ވިއްކާ ޑިޖިޓަލް ޑީކޯޑަރު ހިލޭ އަދި ކަނެކްޝަން ގުޅައިދިނުންވެސް ހިލޭ ލިބޭކަމަށް ކޭބަލް ނެޓްވޯކުން ބުންޏެވެ.

މީޑިއާނެޓާއި ގުޅިގެން އޭދަފުށީ ކޭބަލް ނެޓްވޯކުން މިއަހަރުގެ ޖޫންމަހު ކޭބަލް ނެޓްވޯކްގެ ހުރިހާ ޗެނަލެއް ޑިޖިޓަލްކޮށްފައިވާއިރު، 65 ޗެނަލެއް މިހާރުވަނީ ދޫކޮށްފައެވެ.

އޭދަފުށީ ކޭބަލް ނެޓްވޯކުން ބުނީ ޑިސެމްބަރު 1 އިން ފެށިގެން އެނަލޮގު ޚިދުމަތް މެދު ކަނޑާލާނެ ކަމަށާއި މި ޕްރޮމޯޝަންގެ ތޭރޭގައި ޑިކޯޑަރު ނެންގެވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޕެކޭޖް ތަކުގެ ތަފްސީލް؛

• ލޯކަލް ޕެކޭޖް: 15 ޗެނަލް – މަހުފީ 150ރ
• ބޭސިކް ޕެކޭޖް: 35 ޗެނަލް – މަހުފީ 250ރ
• ފެމެލީ ޕެކޭޖް: 55 ޗެނަލް – މަހުފީ 320ރ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.