
ރިވައިވަލް ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި ބެޑްމިންޓަން މުބާރާތުގެ އެންމެ މޮޅު އެކަޑަމީގެ މަޤާމު ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީން ހޯދައިފި އެވެ.
ރިވައިވަލް އޭދަފުށީ އެކަޑަމީން މި އެވޯޑް ހާސިލުކުރީ 3 ރަން މެޑަލާއި، ހަ ރިހި އަދި 14 ލޯ މެޑަލާއެކު އެވެ.
މި އެވޯޑް އެ އެކަޑަމީއާ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
332 އެތުލީޓުން ވާދަކުރި މި މުބާރާތުގައި 10 އަށްވުރެ ގިނަ އެކަޑަމީގެ އިތުރުން ރާއްޖޭގެ ޖޫނިއަރ އަދި ސީނިއަރ ގައުމީ ޓީމުވެސް ބައިވެރިވިއެވެ.
ރަން މެޑަލް:
- އަންޑަރ 15 ފިރިހެން ސިންގަލްސް: އަވްފް ބިން ފަޒުލޫން
- އަންޑަރ 17 ފިރިހެން ޑަބަލްސް: އިލާން ރިލްވާން ޔޫސުފް ޒީކް ޒުހާން
ރިހި މެޑަލް:
- އަންޑަރ 15 ފިރިހެން ސިންގަލްސް: ރިޝާމް އަބްދުލްފައްތާހު
- އަންޑަރ 15 ފިރިހެން ސިންގަލްސް: އަޒްކާ ރިލްވާން
- އަންޑަރ 15 ފިރިހެން ޑަބަލްސް: ޔޫސުފް ޝައިލް އިސްމާއިލް / މައީޝް
- އަންޑަރ 15 އަންހެން ޑަބަލްސް: އަޒްކާ ރިލްވާން / ހައްވާ ނައުރީން މުހައްމަދު
ބްރޯންޒް މެޑަލް:
- އަންޑަރ 11 ފިރިހެން ސިންގަލްސް: ތިލާލް މުހައްމަދު ވަހީދު
- އަންޑަރ 11 އަންހެން ސިންގަލްސް: އީރަމް އަބްދުލް މަތީން
- އަންޑަރ 13 އަންހެން ސިންގަލްސް: އިލީނާ އަލީ ޝަފީގު
- އަންޑަރ 15 ފިރިހެން ޑަބަލްސް: އަވްފް ބިން ފަޒުލޫން/ރިޝާމް އަބްދުލްފައްތާހު އަދި އިލާފް މުހައްމަދު އިކްރާމް /ޔޫސުފް އީތަން ބިން ޝިފާޒް
- އަންޑަރ 15 އަންހެން ޑަބަލްސް: ލާރާ މުހައްމަދު ލަތީފް / އައިޝަތު ރައިޝާ ޒާކިރު
- އަންޑަރ 17 ފިރިހެން ސިންގަލްސް: މުޙައްމަދު ޙައްޔާން ބިން ޢަބްދުލްޙަންނާން، ޔޫސުފް ޒީކް ޒުހާން
- އަންޑަރ 17 އަންހެން ސިންގަލްސް: މަރިޔަމް ނައުރީން ނާޝިދު
- އަންޑަރ 19 ފިރިހެން ސިންގަލްސް: މުހައްމަދު އަލޫފް ރިފާއު
މީގެ އިތުރުން މި މުބާރާތުގެ ސީނިއާރ ބައިން ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ މުހައްމަދު އިކްރާމް ވެސް ވަނީ ބްރޯންޒް މެޑަލް ހާސިލުކޯށްފަ އެވެ.
ޖެނުއަރީ 28 އިން އިއްޔެގެ ނިޔަލަށް މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތަކީ އޭދަފުށީ ބެޑްމިންޓަން ކުޅުންތެރިންނަށް އަނެއްކާވެސް ބެޑްމިންޓަނުން ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
“އީޓީ” ގެ ފަރާތުން އޭދަފުށީ އެކަޑަމީއަށާއި ކުޅުންތެރިންނަށް މަރުހަބާ ކިޔަމެވެ.