ތުޅާދޫ ހޮސްޕިޓަލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް!

ތުޅާދޫގައި އިމާރާތްކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި، 114.50 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، މިހާރު ވަނީ ހޮސްޕިޓަލްގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ ދެވަނަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތެވެ.

2023ވަނަ އަހަރުގެ ޖުލައި މަހު މަސައްކަތް ފެށުނު މި ހޮސްޕިޓަލަކީ، ބ. އަތޮޅުގެ އާބާދީ އިތުރުވަމުން އައުމާއެކު، އޭދަފުށީ އަތޮޅު ހޮސްޕިޓަލްގެ ބާރު ކުޑަކުރުމަށް ތަރައްޤީކުރަން ފެށި ތަނެކެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި ސްޕެޝަލިޓީ ފަރުވާގެ އިތުރު ޚިދުމަތްތަކާއި، އެކި ބަލިތަކަށް ތަހުލީލުކުރާ ޓެސްޓްތައް ހެދުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މީހުން މިހާރުވެސް އެރަށުގެ ސިއްހީ މަރުކަޒުގެ އޯޕީޑީއަށް ޚިދުމަތް ހޯދަމުންދެއެވެ. މި ހޮސްޕިޓަލް ނިމުމުން ތުޅާދޫ އާއި ކައިރީގައި އޮންނަ ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.