
ބ. އަތޮޅު ހޮސްޕިޓަލުގެ ދަތުގެ ޑޮކްޓަރު ވަޒީފާއިން ވަކިވުމާއި އެ ހޮސްޕިޓަލުން ދެމުން އައި ދަތުގެ ފަރުވާގެ ޚިދުމަތް މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.
މި ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މަޢާފަށް އެދިފައެވެ.
ބ. އަތޮޅު ހޮސްޕިޓަލަކީ މުޅި އަތޮޅަށް ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެވެ. ދަތުގެ ފަރުވާއަކީ އެ ހޮސްޕިޓަލުން ދެމުން އައި މުހިންމު އަދި ގިނަ ބަޔަކު ބޭނުންކުރަމުން އައި ޚިދުމަތެކެވެ.

