
ރާއްޖޭގެ އެންމެ މަގުބޫލު އެއް ދީނީ އިލުމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރުގެ ވަރަށް ޚާއްސަ ދަރުސެއް މާދަމާ ރޭ އޭދަފުށީގައި ބޭއްވުމަށް އިންތިޒާމް ކޮށްފި އެވެ.
ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ކައުންސިލާއި ފޭލި ޖަމިއްޔާ އަދި ސަލަފު ޖަމިއްޔާ ގުޅިގެން ބާއްވާ މި ދަރުސް އޮންނާނީ މާދަމާރޭ 8:30 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.
“ނަސީބު” މި މައުލޫއަށް ޝެއިޚް އަހްމަދު ސަމީރު ދެއްވާ ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަފަރާތްތަކުން ހާޒިރުވުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

