ލީޑިން ބީޗު ރިސޯޓުގެ އެވޯޑް މިފަހަރުވެސް އަނަންތަރާ އަށް

އަނަންތަރާ ކިހަވައް ވިލާސް
އަނަންތަރާ ކިހަވައް ވިލާސް

ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ ހިތްގައިމު ގޮނޑު ދޮށެއް އޮންނަ ރިސޯޓަކަށް ދޭ ލީޑިން ބީޗް ރިސޯޓުގެ އެވޯޑު އަނަންތަރާ ކިހަވައް ވިލާސް އަށް ލިބިއްޖެ އެވެ. މިއީ އެ ރިސޯޓަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.

ބ. އަތޮޅު ހުރުވަޅީގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސް އަށް މި އެވޯޑް ހަވާލުކޮށްދެއްވީ އޮޅުވެލި ރިސޯޓުގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ހަފްލާގަ އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ލީޑިން ސީއެސްއާރު ޕްރޮގްރާމްގެ އެވޯޑް ލިބުނީ ސޮނެވާފުށީ ރިސޯޓަށެވެ.

ސޮނެވާފުށި ރިސޯޓް
ސޮނެވާފުށި ރިސޯޓް

މުޖުތަމައަށް އެންމެ ފައިދާ ހުރި މަސައްކަތެއް ކުރާ ފަރާތަކަށް ދޭ މި އެވޯޑަކީ ޓްރެވަލް އެވޯޑްސްގައި މި އަހަރު މުޅިން އަލަށް ތައާރަފުކުރި ފަސް އެވޯޑުގެ ތެރެއިން އެއް އެވޯޑެކެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މި އަހަރު 35 ކެޓަގަރީ އަށް 246 ފަރާތަކުން ކުރިމަތިލި އެވެ.

އޭގެ ތެރެއިން އެންމެ ގިނަ އެވޯޑުތައް މިފަހަރު ގެންދިޔައީ ބަނޑޮސް އައިލެންޑް ރިސޯޓުންނެވެ. ދެން އެންމެ ގިނަ އެވޯޑް ގެންދިޔައީ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ވެސް ހޯދި ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓެވެ.

މަޓާޓޯ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރާ އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން އެ ދާއިރާ އިން ހޮވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މިއީ މި އެވޯޑް ދިން ފަސްވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.