
އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ރޯދަމަހަށް ޚާއްޞަކޮށްގެން މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ސްކޫލް ދަރިވަރުންނާއި އާންމު ފަރާތްތަކަށެވެ. ސްކޫލް ދަރިވަރުންގެ ބައިގައި ފައުންޑޭޝަނުން ފެށިގެން ކީ ސްޓޭޖް 4 އާ ހަމައަށް ބައިވެރިވެވޭނެއެވެ. އަދި އާންމުންގެ ބައިގައި 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ކޮމެޓީން މަޢުލޫމާތު ދެއެވެ.
މުބާރާތުގައި ވާދަކުރެވޭނީ ސޯލޯ، ޑުއެޓް އަދި ގްރޫޕް މަދަހައިގެ ގޮފިތަކުންނެވެ.”މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ހުރިހާ އުމުރުފުރައެއްގެ މެދުގައިވެސް މަދަހަ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ވާދަވެރި މާޙައުލެއްގައި އެ ހުނަރު ދެއްކުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށް އަންހެނުންގެ ކޮމެޓީގެ ރައީސާ ޒީމާ އިބްރާހީމް ވިދާޅުވި އެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ރަޖިސްޓަރީ ކުރެވޭނެއެވެ.

