ބ. އަތޮޅުކައުންސިލުން ހޮސްޕިޓަލަށް ޑެންޓަލް ޗެއާ އެއް ހަދިޔާކުރަނީ

ބ. އަތޮޅު ކައުންސިލުގެ ބަޖެޓް ފާސްކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ބ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށްޓަކައި ބ. އަތޮޅު ކައުންސިލުން އަތޮޅު ހޮސްޕިޓަލަށް ޑެންޓަލް ޗެއާ އެއް ހަދިޔާކުރަން ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، މި އެހީ އަކީ 2025 ވަނަ އަހަރުގެ މާލީ އެހީގެ ތެރެއިން އަތޮޅުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ދެވޭ އެހީއެއް ކަމަށެވެ. އެގޮތުން 680,000 ރުފިޔާގެ އަގުހުރި މި ޑެންޓަލް ޗެއަރ އެއް ޤާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓަރީ އާ ގުޅިގެން އަތޮޅު ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާވިސަސް މުހައްމަދު ޝަކީލު މަޢުލޫމާތު ދެއްވިގޮތުގައި، އަތޮޅު ކައުންސިލުން ހަދިޔާ ކުރާ އާ ޑެންޓަލް ޗެއަރ ބެހެއްޓުމުން ދަތުގެ ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިހާރަށްވުރެ ފެންވަރު ރަނގަޅު، ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށް އެ ފަރާތުން ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތްދޭން ފެށީ 2017 ވަނަ އަހަރުއެވެ. ނަމަވެސް ބ. އަތޮޅު ހޮސްޕިޓަލުގެ ދަތުގެ ޑޮކްޓަރު މިދިޔަ ހަފްތާގައި ވަޒީފާއިން ވަކިވުމާއި އެ ހޮސްޕިޓަލުން ދެމުން އައި ދަތުގެ ފަރުވާގެ ޚިދުމަތް މިވަގުތު އޮތީ މެދުކަނޑާލައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ވަރަށް އަވަހަށް ޑޮކްޓަރަކު ހަމަޖެހި ހިދުމަތް ފަށޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.