އޭދަފުއްޓާއި މާފުށި އެއްވަރު، ކާށިދޫ ޒޯން ފައިނަލަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ތިނެއްގައި ރޭ އޭދަފުއްޓާއި މާފުށި ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު ކ. ކާށިދޫ އިން ޅ. ކުރެންދޫ 2-0 އިން ބަލިކޮށް ޒޯން ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ޒޯން ތިނަކުން ފައިނަލަށް ދަތުރުކުރާ ދެ ޓީމު ގަދަ 16 އަށް ދާނެ އެވެ. ދެ މެޗުން 6 ޕޮއިންޓާ އެކު ކާށިދޫ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ 4 ޕޮއިންޓް ހޯދާފައިވާ އޭދަފުއްޓެވެ. ތިން ވަނައިގައި އޮތް މާފުއްޓަށް 1 ޕޮއިންޓް ލިބިފައިވާއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ކުރެންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރޭގެ މެޗުގައި އޭދަފުށީގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އަލީ ނަސީމް (ދިއްލި) އެވެ. މާފުށިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގަ އެވެ. މެޗުގައި އޭދަފުއްޓަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

ޒޯން ބުރުގެ ފަހު މެޗުތައް އޮންނާނީ މާދަމާ ރެ އެވެ. މާދަމާ 8 ޖަހާއިރު އޭދަފުށިން ކާށިދޫއާ ދެކޮޅަށް ނުކުންނައިރު މާފުށި ކުޅޭނީ ކުރެންދޫއާ އެވެ.
މާދަމާ ރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް އޭދަފުއްޓަށް ޒޯން ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.