ރޯޔަލް އައިލެންޑް ރިސޯޓުން އެޕްރެންޓެންޝިޕް ޕްރޮގްރާމެއް ފަށަނީ

royal

ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ރޯޔަލް އައިލެންޑް ރިސޯޓުން އެޕްރެންޓެންޝިޕް ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ވިލާ ހޮޓެލްސް އިން ބ. އަތޮޅު ހޮރުބަދޫގައި ހިންގަމުން އަންނަ އެ ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދޭން އޭދަފުށީގައި ބާއްވާ އޯޕަން ޑޭ އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ފުޑް އެންޑް ބެވަރެޖް، ހައުސްކީޕިން ހައުސްކީޕިން، ފްރޮންޓް އޮފީސްގެ ދާއިރާއިން ތަމްރީނު ދޭނެ އެވެ. އަދި މި ޕްރޮގްރާމު ފުރިހަމަކުރާ ބައިވެރިންނަށް ވިލާ ކޮލެޖުން ހޮސްޕިޓާލިޓީ އޮން އޮޕަރޭޝަންގެ ލެވެލް 3 ގެ ސެޓްފިކެޓަކާއި ރޯޔަލް އައިލެންޑް ރިސޯޓުން ހާއްސަ ސެޓްފިކެޓެއް ދޭނެ އެވެ. މިއީ ޓޫރިޒަމްގެ ދާއިރާ އިން ކުރިއަށް ދިއުމުގެ އިތުރު ބާރެއް ކަމަށް އެ ރިސޯޓުން ބުންޏެވެ.

ބ. އަތޮޅުގައި ހިންގަމުން ގެންދާ ރޯޔަލް އައިލެންޑް ރިސޯޓަކީ ރާއްޖެ އަންނަ ޓޫރިސްޓުން ހަނީމޫން ހެދުމާއި، ކައިވެނީގެ އެކިއެކި އިހްތިފާލްތައް ބޭއްވުމަށް މުޅި ދުނިޔޭގައިވެސް މަޤުބޫލު މަންޒިލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.