އޭދަފުށީ ބެޑްމިންޓަން ޓީމު މިފަހަރު ދެ ވަނަ ޑިވިޝަނުގައި

eyd bdc

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަނުގައި އޭދަފުށީ ބެޑްމިންޓަން ޓީމު ބައިވެރިވެއްޖެ އެވެ.

އޭދަފުށީ ބީޑީސީ އަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ގޮތްޕެއްކަމުން އެ އެސޯސިއޭޝަންގެ ގަވައިދު ބުނާގޮތުން ދެވަނަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު އެ ކޮމެޓީއަށް ނޯންނާތީވެ މި މުބާރާތުގައި އެ ޓީމު ވާދަކުރާނީ ފޭލި ޖަމިއްޔާގެ ނަމުގަ އެވެ.

ދެވަނަ ޑިވިޝަނުގައި ވާދަކުރާ އޭދަފުށީ ޓީމުގައި މުޅިންވެސް ކުޅޭނީ ސީނިއާ ކުޅުންތެރިންނެވެ. ފުރަތަމަ މެޗުގައި މިރޭ އެ ޓީމު ނުކުންނާނީ ޒެޑް-ޓީމާ ދެކޮޅަށެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމު ދެވަނަ ޑިވިޝަނުގައި ވާދަކުރާއިރު އަތޮޅު ލީގުގައިވެސް އޭދަފުށީ ޓީމުން ވާދަކުރާނެ އެވެ. މުޅިންވެސް ޒުވާން ކުޅުންތެރިން ހިމެނޭ އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ 6:00 ގައި ވާދަކުރާނީ އައްޑޫ ސިޓީއާ އެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނިގޮތުގައި އެ ޓީމުގެ މަގުސަދަކީ ބެޑްމިންޓަންގެ ރޮނގުން އޭދަފުށީ ރައްޔިތުންނާއި އަދި ބ. އަތޮޅު އަބަދުވެސް ފަހުރުވެރިވާފަދަ ރަންވަނަތަކެއް ހޯދައި މި ކުޅިވަރު އޭދަފުށީގައި އިތުރަށް ދިރުވާ އާލާކުރުމެވެ. އެ ޓީމުންވަނީ ބެޑްމިންޓަން އަތޮޅު ލީގުގެ ތަށި ޖެހިޖެހިގެން ތިން އަހަރު ހޯދައި މިލްކު ކޮށްފަ އެވެ. އަދި އެކި އިވެންޓްތަކުން ތަފާތު ކާމިޔާބީތައްވެސް ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.