
ބ. އަތޮޅުގެ ފަޅު ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނާކޮޓިސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި މިއަތޮޅު މާރިކިލުންނެވެ. އެރަށް ފާސްކުރިއިރު 162 ބަނގުރާ ދަޅާއި ބަނގުރާ ފަސް ފުޅި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 12.8 ގްރާމް ހުރި އެއްޗެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ތިން ދިވެހިންނާއި ހަ ބިދޭސީންނާއެކު ޖުމްލަ ނުވަ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ؛
– މ. ޖަވާހިރުވާދީ، މާލެ، އަލްހާން ރަޝީދު ހުސައިން 49
– ޏ. ފުވައްމުލައް ދިގުވާނޑު، ހޮލެންޑް، މަރިޔަމް ރިފާއު 25
– ރ. އިނގުރައިދޫ، ވަފާ، އަބްދުލް މުހުސިން ހަސަން 65
– އިންޑިއާ، ކުމަރެސަން ޗިންނައިއަ، 20
– އިންޑިއާ، ދިނޭޝް ސައްމިޔައްޕަން، 29
– ސްރީލަންކާ، އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، 39
– ސްރީލަންކާ، ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ 46
– ސްރީލަންކާ، ސަބެޝަން ނަހާރަޖަ، 31
– ބަންގަލަދޭޝް، މުހައްމަދު މައްސޫދު، 46
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު މުހުސިން ވަނީ ދޫކޮށްލައިފަ އެވެ. ބާކީ ތިބި އަށް މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވެ އެވެ.
މާރިކިއްޔަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ރަށެކެވެ.