
އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން އިވެންޓު ކަމަށްވާ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ހަފުތާ ބަންދުގައި ބާއްވަން ނިންމައިފިއެވެ.
އުރީދޫއިން ބުނީ މި އިވެންޓު އޮންނާނީ މާލޭ، އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ.
އެއާއެކު މި ފެސްޓިވަލް ވާނީ މިދިޔަ އަަހަރު އުރީދޫއިން ބޭއްވި އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުން ފާހަގަކުރާ މުބާރާތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދެލައްކަ ސާޅީސްހާސް ރުފިޔާގެ އަގުހުރި ޕްްރައިޒް ޕޫލް ހިމެނޭ މި ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީގެ އިތުރުން ކޮސްޕްލޭ މުބާރާތަކާއި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ހޮވާނެކަމަށް އުރީދޫއިން ބުންޏެވެ.
ފައިސާގެ އިނާމު ބެހިފައިވާ ގޮތްތަކަކީ:
- ޗެމްޕިއަން – 50،000 ރުފިޔާ
- ދެވަނަ – 20،000 ރުފިޔާ
- ތިންވަނަ – 15،000 ރުފިޔާ
- ހަތަރުވަނަ – 10،000 ރުފިޔާ
- އެމްވީޕީ – 5،000 ރުފިޔާ
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
- ޗެމްޕިއަން – 20،000 ރުފިޔާ
- ދެވަނަ – 15،000 ރުފިޔާ
- ތިންވަނަ – 10،000 ރުފިޔާ
- އެމްވީޕީ – 5،000 ރުފިޔާ
އީއޭއެފްސީ
- ޗެމްޕިއަން – 20،000 ރުފިޔާ
- 2 ވަނަ – 15،000 ރުފިޔާ
- 3 ވަނަ – 10،000 ރުފިޔާ
އެމްވީޕީ – 5،000 ރުފިޔާ
ކޮސްޕްލޭ މުބާރާތް
- އެއްވަނަ – 5000 ރުފިޔާ
- ދެވަނަ – 3000 ރުފިޔާ
- ތިންވަނަ – 2000 ރުފިޔާ
އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ
- 30،000 ރުފިޔާ
އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އުރީދޫއިން ބުންޏެވެ.
އަދި އުރީދޫއިން ބުނީ އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކިއެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު، ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ އިވެންޓަކަށް ވާނެ ކަމަށެވެ.
މުބާރާތްތަކުގެ އިތުރުން މި ފެސްޓިވަލްގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބޭނެ ކަމަށް ވެސް އުރީދޫއިން މައުލުމާތު ދީފައިވެއެވެ.
އުރީދޫއިން ބުނީ އިތުރު ތަފްސީލް ހޯދަން ބޭނުންވާ މީހުންނަށް އުރީދޫ ނޭޝަންގެ ރަސްމީ ޗެނަލްތައް ފޮލޯކޮށްގެން އިތުރު ތަފްސީލާއި އަޕްޑޭޓް ލިބޭނެ ކަމަށެވެ.

