ނަޔާ ފެރީ ސާވިސްގެ ރޯދަ ހަދިޔާ: ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ދަތުރު އެންމެންނަށް ހިލޭ!

ރ. އަތޮޅާއި ބ. އަތޮޅުން މާލެއަށް ލޯންޗް ފެރީގެ ހިދުމަތް ދެމުން އަންނަ “ނަޔާ ފެރީ ސާވިސް” އިން މި ރޯދަ މަހު ރޯދަ ހާދިޔާއެއްގެ ގޮތުގައި ފަސެންޖަރުންނަށް ރޯދަ މަހުގެ ފުރަތަމަ ދަތުރު ހިލޭ ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ނަޔާ ފެރީ ސާވިސްއަކީ މި ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފެރީގެ ހިދުމަތްދޭ ކުންފުންޏެކެވެ. މިކުންފުނިން ފޯރުކޮށްދެނީ ފަސިންޖަރުންނަށް ފަސޭހަ އަދި އަރާމު ދަތުރުތަކެކެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުގައި ބ. އަދި ރ. އަތޮޅުގެ ރަށްތަކުން މާލެއަށް އަދި މާލެއިން އެ ރަށްތަކަށް ދެކޮޅު ދަތުރު ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމަށް ފަސިންޖަރުން 9888117، 9959925 ނުވަތަ 9828295 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ނަޔާ ފެރީ ސާވިސްއިން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަނީ ފަސް ލޯންޗެވެ. މީގެ ތެރޭގައި 60 މީހުންގެ ޖާގައިގެ ދެ ލޯންޗް، 50 މީހުންގެ ޖާގައިގެ އެއް ލޯންޗް، 30 މީހުންގެ ޖާގައިގެ އެއް ލޯންޗް އަދި 12 މީހުންގެ ޖާގައިގެ އެއް ލޯންޗް ހިމެނެއެވެ.

މި ކުންފުނިން ރ. އަތޮޅުގެ އުނގޫފާރު، ދުވާފަރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު، ކިނޮޅަސް، މީދޫ އަދި މަޑުއްވަރީން މާލެއަށް އަދި މާލެއިން އެ ރަށްތަކަށް ދަތުރުތައް ކުރެއެވެ. މީގެ އިތުރުން ބ. އަތޮޅުގެ ކެންދޫ، ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް އަދި އޭދަފުށިން މާލެއަށް އަދި މާލެއިން އެ ރަށްތަކަށްވެސް ދަތުރުތައް ކުރެއެވެ.

ނަޔާ ފެރީ ސާވިސްއަކީ ތެލެސީމިއާ ޕޭޝަންޓުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމްރާއަށްދާ ފަރާތްތަކަށް ރަށުން މާލެއަށް ހިލޭ ދަތުރު ހަމަޖައްސައިވެސް ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.