ރޯދަ މަހު “ކަރާ ފަޅައިގެން” އުރީދޫން އަގުހުރި އިނާމުތަކެއް

އުރީދޫން ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށް އަގުހުރި އިނާމުތަކެއް ލިބޭ “ކަރާ ފެޅުން” ޕްރޮމޯޝަނެއް ތަޢާރަފްކޮށްފިއެވެ. މިދިޔަ ދެ އަހަރު ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަނުގެ ބަދަލުގައި މިއަހަރު ގެންދާނީ މި ޕްރޮމޯޝަންއެވެ.

ސުޕަ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންނަ ކަރަލުގައި ޓެޕްކޮށް ފެޅުމުން ތަފާތު އިނާމުތައް ލިބޭނެއެވެ. މީގެ ތެރޭގައި:

• ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް-އޮންސް

• އެއާފްރަޔާ، ވެކިއުމް ކްލީނާ

• ނިންޓެންޑޯ ސްވިޗް

• އެޕަލް ވޮޗް

މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކީ 10 އެޕަލް ޕްރޮޑަކްޓް ހިމެނޭ ބަންޑަލްއެކެވެ. މީގެ ތެރޭގައި އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، ހޯމްޕޮޑް، އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް އަދި 65 އިންޗީގެ އެޕަލް ޓީވީ ހިމެނެއެވެ.

ރަމަޟާން މަހުގެ އިތުރު އޮފަރތަކުގެ ތެރޭގައި:

• ވަކި ޕެކޭޖުތަކަކަށް 20GB ބޯނަސް ޑޭޓާ

• ދަންވަރަށް ޚާއްޞަ “އާޗާ ދަން ދަން” ޕެކް (10GB)

• “ފެމިލީ ޝެއަރިންގ ޑޭޓާ” – 799 ރުފިޔާއަށް 150GB (100GB ކަސްޓަމަރަށް، ދެ މީހަކާ 25GB ބެހެވޭގޮތަށް)

މީގެއިތުރުން، އެމްފައިސާ މެދުވެރިކޮށް އިފްތާރު ޕެކް ހަދިޔާކުރުމާއި ޒަކާތް ދެއްކުމުގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ. ކަރާ ފެޅުމުގެ ފުރުސަތު ހުޅުވާލެވޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.