މަސްދަޅު ކޭސް ބަހަން ކައުންސިލުން ގެތަކަށް

އޭދަފުށީ ކައުންސިލުން ގޭބިސީތަކަށް މަސްދަޅު ކޭސް ބަހަނީ

ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ނިންމި މަސްދަޅު ކޭސް އޭދަފުށީ ކައުންސިލުން މިއަދު ރަށުގެ ގޭގެއަށް ޒިޔާރްތްކޮށް ބަހައި ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރަކު ވިދާޅުވީ އޭދަފުށީގެ ގޭ ބިސީތަކަށް މަސްދަޅު ކޭސް ބަހައި މިހާރު ނިންމާފައިވާ ކަމަށެވެ.

ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ބަހަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.

އެގޮތުން އޭދަފުށީގައި މިއަދު ހަވީރު ކައުންސިލުން ނުކުމެ މިއަދު ހަވީރު ވަނީ ރަށުގެގޭބިސީތަކަށް ޒިޔާރަތްކޮށް، މަސްދަޅުކޭސް ބަހައި ނިންމައިފައެވެ. މިކަމުގައި ކައުންސިލަރުންވެސް ވަނީ އަމަލީގޮތުން ބައިވެރިވެފަ އެވެ.

މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދިނުމަކީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.

މި ރޯދަމަހު މަސްދަޅު ކޭސް ގޭގެ އަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.