އޭދަފުއްޓަށް ވަރަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެއްޖެ

ވިއްސާރަ ވެހުނު ދުވަހެއްގައި އޭދަފުށީ މަގެއްގައި ފެންބޮޑުވެފައި-- ފައިލް ފޮޓޯ
ވިއްސާރަ ވެހުނު ދުވަހެއްގައި އޭދަފުށީ މަގެއްގައި ފެންބޮޑުވެފައި– ފައިލް ފޮޓޯ

މިރޭ 8:00 ހާއިރުން ފެށިގެން ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އޭދަފުށީގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެ އެވެ.

ދެ ގަޑިއިރަށް ވުރެ ގިނަ އިރު ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ރަށުގެ ގިނަ މަގުތަކާއި ގޯޅިތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެފައިވެ އެވެ. ބައެއް ސަރަހައްދު ތަކުގައި ފޫޓަކަށް ފެން ހެދިފައިވާ އިރު، މަގާއި ގުޅިފައިވާ ގޯޅިތަކުގައި ވެސް ފެން ބޮޑުވެފައިވެ އެވެ.

ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެފައިވުމާ އެކު، ފުލުހުންނާ އާއްމުގެ ބަޔަކު ނުކުމެ ގޭގޭގެ އެތެރެއަށް ފެން ވަނަ ނުދިނުމަށްޓަކައި ވަނީ ވެލި ބަސްތާ ޖަހައިފަ އެވެ. ފެންބޮޑުވުކުގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

މިހާރުވެސް މިރަށަށްދަނީ ވާރޭ ވެހެމުންނެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުރުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ހާދަ ދެރައޭ

    ހަބަރު ލިޔާއިރު ތެދު މަޢުލޫމާތު ލިޔެބަލަ، ރޭގަ އެވަރަށް ވާރޭ ވެހި ރައްޔިތުން ކަންބޯދުވެގެން އުޅުއިރު އީޓީ އޮތީ ނިދާފަ. ދެން ހޭލެވުނީމަ ކޮންމެވެސް މީހަކު އެއްޗެކޭ ބުނީމަ އެއްޗެއް ޖެހިޔަށް ކަމަކު ނުދާނެ.

    ރައްދު
  2. ތެލާޕިޔާ

    ތީ ވަރަށް ދެރަކަމެއް އޭދަފުއްޓަށް ތިޔަހެން ވެގެން ނުވާނެ، އަވަހައް ސަރުކާރައް ދަންނަވާ އޭދަފުށި މަތި އެއްކޮއް ހިޔާ ކޮއްދިނުމަށް. އަދި އެއްބުރިއަށް މަށްޗައް ހިއްލާލަދިނުމަށް. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.