
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕް އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ގޮތުގައި، މޮބައިލް އެޕް ބޭނުންކޮށްގެން ޒަކާތް ދައްކާ ފަރާތްތަކަށް، އެޕްލިކޭޝަންގެ “މޯ” ލޭބަލް ޖަހާފައިވާ ޓަބަނަށް ފިއްތާލުމުން ޒަކާތް ދެއްކުމަށް ބޭނުންކުރާ ލިންކް ފެންނަން ހުންނާނެއެވެ. އަދި މީގެ އިތުރުން، ބީއެމްއެލްގެ ޒަކާތް ޕޯޓަލް މެދުވެރިކޮށްވެސް މި ޚިދުމަތް ލިބޭނެއެވެ.
މި ޚިދުމަތް ލިބެން ހުންނާނީ ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:00 ޖަހަންދެނެވެ.
ކޮންމެ އަހަރެއްގައިވެސް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމްތައް ބީއެމްއެލްއިން ހަމަޖައްސައިދެ އެވެ.