ފޭލި ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވާނެ

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ރޯދަމަހު ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާތީ އެޕްލިކޭޝަން ފޯމް ފުރުމަށް އެ ޖަމިއްޔާއިން ހަނދާން ކޮށްދީފިއެވެ.

އެ މުބާރާތުގައި ބައިވެރިވާން ފޭލިން ހުޅުވާލި ފުރުސަތު މިރޭ 12 އަށް ހަމަވާނެ އެވެ. އެ މުބާރާތުގައި ބައިވެރިވެވޭނީ ފޭލި ޖަމިއްޔާގެ ވެބްސައިޓްގައިވާ ގޫގަލް ފޯމް މެދުވެރިކޮށެވެ.

ފޭލި ގުރުއާން މުބާރާތަކީ ކޮންމެ އަހަރެއްގެ ރޯދަމަހު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ފޭލި ޖަމިއްޔާއިން ބުނީ، މިއަހަރު މުޅި މުބާރާތުން ހިތުން އެއްވަނަ ހޯދާ ބައިވެރިއަކަށް އުމުރާދަތުރެއް އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަށް ދާ ބައިވެރިއަކަށް 10،000ރ ގެ ފައިސާގެ އިނާމު ޖަމިއްޔަތުލް ސަލަފުން ހުށަހަޅާފައިވާ ކަމަށެވެ.

ފޭލި ޖަމިއްޔާއިން ބުނިގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީއާއި، އެ މައްސަރުގެ ބަރަކާތްތެރިކަމާއި، މާތްކަން އަޅުގަނޑުމެންގެ ޅަދަރިންނަށާއި ބޮޑެތި މީހުންނަށްވެސް އަންގައިދީ، ޅަދަރިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މާތް މަގްސަދުގައެވެ.

މި މުބާރާތަކީ 2002 އިން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މިއީ މި މުބާރާތް ބާއްވާ 20 ވަނަ އަހަރެވެ.

މި މުބާރާތާގުޅޭ އިތުރު މައުލޫމާތު 7977087 އަދި 9631111 އަށް ގުޅުމުން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.