މާލޭ ކުޅިވަރު އެކުވެނީގައި މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގައި އޭދަފުށީ ބެޑްމިންޓަން ޓީމު (ފޭލި) ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، ގްރޫޕުގެ އެއްވަނަ އަށް އަރައިފި އެވެ.
ރޭ ކުޅުނު މެޗުގައި ދަންވަރު ބެޑްމިންޓަށް ޓީމުގެ މައްޗަށް ފޭލި ކުރި ހޯދީ 3-2 ޕޮއިންޓުންނެވެ.
ދެވަނަ ޑިވިޝަންގަިއ ވާދަކުރާ އޭދަފުށީ ބެޑްމިންޓަން ޓީމު ކުޅުނު ދެމެޗުން މޮޅުވިއިރު އަތޮޅު ލީގުގައި ވާދަކުރާ ޖޫނިއާ ޓީމުގެ ވަނީ ކުޅުނދެމެޗުންވެސް ބަލިވެފަ އެވެ. ރޭ އެޓިމުގެ އެންމެފަހުގެ ޗެމްޕިއަން ހޮޅުދޫ ޓީމު އަތުން ބަލިވީ ސީދާ 5 މެޗުންނެވެ.
މިއަދުގެ ޝެޑިޔުލް
އަތޮޅު ލީގު
އޭދަފުށި ބީޑީސީ – ނިލަންދޫ 16:00
2 ވަނަ ޑިވިޝަން
ފޭލި (އޭދަފުށި) – ޔުނީކް ސްޕޯޓްސް ކްލަބް 16:00