އޭދަފުށި ރަމްޒުކޮށްދޭ މޮނިއުމަންޓެއް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަނީ

ބ. އޭދަފުށި ރަމްޒުކޮށްދޭ މޮނިއުމެންޓް ޑިޒައިންކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރަށުގެ ބަނދަރު ސަރަހައްދުގައި އޭދަފުށި ރަމްޒުކޮށްދޭ މޮނިއުމެންޓް ޑިޒައިންކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް  ހުޅުވާލާފައިވާ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި، އެންމެ ފުރިހަމަ ޑިޒައިނެއް ހުށަހަޅާ މީހަކަށް 10،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

އެ އިއުލާނާ އެކު ވަނީ މި މޮނިއުމެންޓް ޑިޒައިންކުރުމުގައި ބަލަން ޖެހޭ މިންގަނޑާއި ޝަރުތުތައް ހިމެނޭ ގައިޑްލައިނެއް ވެސް އާންމުކޮށްފަ އެވެ.

ގައިޑްލައިނުން މުހިންމު ނުކުތާތައް

  • ހުށަހަޅާ ޑިޒައިނަކީ އޭދަފުށީގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭން ވާނެ.
  • ހުށަހަޅާ ޑިޒައިނަކީ އެމީހެއްގެ އަމިއްލަ ފަރުމާއަކަށްވާންވާނެ. ކުރިން ޑިޒައިންކޮށްފައިވާ މޮނިއުމެންޓެއްގެ ކޮޕީއަކަށްވެގެން ނުވާނެ.
  • ފަރުމާއިން ރަމްޒުކޮށްދޭ މާން ބަޔާންކޮށް ލިޔުމުން ހުށަހަޅަންވާނެ.
  • މޮނިއުމެންޓަކީ ފައިބަރު ފަދަ މައުދަނުން ފަސޭހައިން ފާޅުކުރެވޭގޮތަށް ޑިޒައިންކޮށްފައިވާ އެއްޗަކަށް ވާންނާނެ.
  • ފަރުމާގެ އަކުރުތަކުގެ އުސްމިނުގައި 3 ފޫޓް ހުންނަންވާނެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް، ޕްރޮޕޯސަލުގައި ބޭނުން އަދަދަކަށް ޑިޒައިން ހުށަހެޅިދާނެ.
  • ހުށަހަޅާ ޑިޒައިނަކީ އެއްވެސް ވިޔަފާރިއެއް، ޖަމިއްޔާއެއް، ރަޖިސްޓްރީކޮށްގެން ހިންގާ ހަރަކާތެއް ސިޔާސީ ޕަޓިއެއް ނުވަތަ ވަކި ފަރުދެއް ރަމްޒުކޮށްދޭ އެއްޗަކަށް ވެގެންނުވާނެ.

އޭދަފުށި ރަމްޒުކޮށްދޭނެ މޮނިއުމަންޓު ޑިޒައިން ކުރަން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފަރުމާ އެ ކައުންސިލްގެ މެއިލް އެޑްރެހަށް [email protected] މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.