ތުޅާދޫ ހޮސްޕިޓަލުގެ މަސައްކަތް ނިމުމަކާ ގާތަށް

ބ. ތުޅާދޫގައި ޤާއިމުކުރަމުންދާ 70 އެނދުގެ ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ޖުމްލަ ދެ ފަންގިފިލާގެ މި އިމާރާތް ބިނާކުރުމުގެ މައިގަނޑު މަޤްޞަދަކީ ބ. އަތޮޅުގެ އިތުރުވަމުންދާ އާބާދީއާއެކު، މިހާރު އޭދަފުށީގައި ހިންގާ އަތޮޅު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޚިދުމަތުގެ ބުރަ ލުއިކުރުމެވެ.

އެމްޓީސީސީން ބުނިގޮތުގައި، މިހާތަނަށް ހޮސްޕިޓަލް އިމާރާތުގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. އެންމެ ފަހުން ނިމިފައިވަނީ ޓެރަހުގެ ޝީޓް އެޅުމުގެ މަސައްކަތެވެ. މިވަގުތު ކުރިއަށްދަނީ ގްރައުންޑް ފްލޯގެ މޭސަންރީ މަސައްކަތާއި ރޫފް ލެވެލް ކޮލަމް ކާސްޓިންގެ މަސައްކަތްތަކެވެ.

އެކުންފުނިން އިތުރަށް ފާހަގަކޮށްފައިވަނީ، މި ހޮސްޕިޓަލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ތުޅާދޫއަކީ ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމުން، މި ހޮސްޕިޓަލް ޤާއިމުވުމުން އެރަށުގެ ރައްޔިތުންނަށާއި އަތޮޅުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ސިއްޙީ ޚިދުމަތް ލިބުމުގައި ބޮޑު ފަސޭހައެއް ވެގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.