ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ވެލިދޫގައި ފަށައިފި

ވެލިދޫގައި ގާއިމުކޮށް ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކް
ވެލިދޫގައި ގާއިމުކޮށް ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. ވެލިދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

ސެލްފް ސާވިސް އޭޓީއެމުން އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއީ ބީއެމްއެލް އިން ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފުޅާކޮށް، މުޅި ގައުުމަށް ހިދުމަތް ފޯރުކޮޮށްދިނުމަށް ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބެހެއްޓި އޭޓީއެމް އެކެވެ.

އެ ކުންފުނިން ބުނީ މި އޭޓީއެމްގެ ހިދުމަތް ވެލިދޫގެ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭނުން ކުރެވޭނެ ކަމަށާއި މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ދަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް 20 އަތޮޅުގައި 29 ބްރާންޗާއި 76 އޭޓީއެމް، 3900 ޕީއޯއެސް މާޗަންޓުން، 191 ކޭޝް އެޖެންޓް، 16 ސެލްފް ސާވިސް ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމް ކޮށްފައިވެ އެވެ.

އަދި އަންނަ އަހަރުގެ ތެރޭގައި 22 ރަށަކަށް ހިދުމަތް ފުޅާ ކުރުމަށް ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމާ ސާވިސް ސެންޓަރެއް އަދި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ނިންމައިފަވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އާ ވަޒީފާތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.