އުރީދޫ ކަރާ ފެޅުން މީމް ޗެލެންޖް: ބައިވެރިވެގެން މެލޭޝިއާ ދެކޮޅު ޓިކެޓު

ރަމަޟާން މަހު އުރީދޫ މޯލްޑިވްސްއިން ތަޢާރަފުކުރި “ކަރާ ފެޅުން” ގޭމާ ގުޅިގެން، ކަސްޓަމަރުންގެ އުފެއްދުންތެރި އަދި މަޖާ މީމްތައް ސޯޝަލް މީޑިއާގައި ވަނީ ފެންނަން ފަށާފައެވެ.

މިކަމާ ގުޅިގެން އުރީދޫއިން “ކަރާ ފެޅުން މީމް ޗެލެންޖް” ވަނީ އިޢުލާނުކޮށްފަ އެވެ.

މި ޗެލެންޖުގައި ބައިވެރިވުމަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުމާ ގުޅޭ މަޖާ މީމްސް، ރީލް ނުވަތަ ޖިފް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއަރ މެދުވެރިކޮށް މެލޭޝިއާއަށް ދެކޮޅު ދެ ޓިކެޓް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޗެލެންޖުގައި ބައިވެރިވުމަށް:

  • ސޯޝަލް މީޑިއާގައި އެންޓްރީ ޕޯސްޓްކުރުން
  • ހޭޝްޓެގް #OoredooKaraaFelhun ބޭނުންކުރުން
  • @ooredoomaldives އަދި @conciergegroupmaldives.mv ޓެގްކުރުން
  • 31 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ 11:59ގެ ކުރިން ހުށަހެޅުން

ރާއްޖޭގައި ބަޓިކް އެއާގެ އެކްސްކްލޫސިވް ޖެނެރަލް ސޭލްސް އެޖެންޓް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްއިން ވަނީ އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި ޗެލެންޖަށް އިނާމް ހުށަހަޅާފައެވެ. މި ޗެލެންޖް މެދުވެރިކޮށް ކަސްޓަމަރުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ބުނެފައިވެއެވެ.

އިތުރު ތަފްސީލް ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް މަޑުކޮށްލުމަށް އެ ކުންފުނިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.