މަސްޖިދު މުހައްމަދު އަލީ މާދަމާ ހުޅުވަނީ

ބ. އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ ރަށު ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުގައި ބިނާކޮށްދީފައިވާ މިސްކިތް މާދަމާ ވަގުތީ ގޮތުން ހުޅުވަން ނިންމައިފި އެވެ.

ނަމަވެސް އެ ތަން ރަސްމީކޮށް ހުޅުވާނީ ފަހުގެ ތާރީހެއްގަ އެވެ.

މުހައްމަދު އާއިލާއިން ބުނީ މާދަމާ މަޣުރިބް ނަމާދުގެ ކުރިން ރޯދަ ވީއްލުމާއެކު “މަސްޖިދު މުހައްމަދު އަލީ’ ހުޅުވައި، އެ މިސްކިތުގައި ނަމާދުކުރަން ފެށޭނެ ކަމަށެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުމަކީ އެ އާއިލާއިން އެދޭ ވަރަށް ބޮޑު އެދުމެކެވެ. އަދި ރަސްމިއްޔާތުގައި ވަޑައިގަންނާވާ އެންމެންނަށް ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށްވެސް އެ އާއިލާއިން ބުންޏެވެ.

މުޅިން ތަފާތު ކޮންސެޕްޓަކަށް އެކި ގައުމުތަކުގެ މިސްކިތްތަކުގެ ޑިޒައިންތައް އަސްލަކަށް ބަލައިގެން ހެދި މި ތަނުގެ ޑިޒައިނާއި ކުރެހުން ވަރަށް ތަފާތެވެ. އޮމާނާއި އުޒްބަކިސްތާނާއި ތުރުކީ ފަދަ ތަންތަނުން ފެންނަ މިސްކިތްތަކާ އެއްވެސް ތަފާތެއް ނެތެވެ.

މި މިސްކިތުގެ ކޮންމެ ތަނަކުން ވެސް ދައްކުވައިދެނީ ތަފާތު ކަމެވެ. ކޮންމެ ކުރެހުމެއްގައި ވެސް ހިތްދަމައިގަންނަ ގޮތްތައް އެބަހުއްޓެވެ.

މި މިސްކިތުން ފެންނަނީ އިސްލާމީ އާކިޓެކްޗާގެ ތަފާތުކަމާއި މުއްސަނދިކަމެވެ. ބޭރު ގައުމުތަކުން އަހަރެމެންނަށް ފެންނަ އިސްލާމީ އާކިޓެކްޗާގެ ބައިތައް މި މިސްކިތަށް ގެނެސްފައި ވުމަކީ މިރަށަށް ވެސް ލިބޭ ބޮޑު ފަހުރެކެވެ. ކެލިގްރަފީގެ ތަފާތު އާޓުތައް މި ތަނުން ދައްކައިދެ އެވެ.

ދެ ބުރިއަށް އިމާރާތްކޮށްފައި މި މިސްކިތުގެ މަސްޖިދުލް މުހައްމަދު އަލީގައި އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

އޭދަފުށީގައި ރީތި މިސްކިތެއް ރަށުގެ ރައްޔިތުންނަށް ބިނާކުރުމަކީ މުހައްމަދު އަލީގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.