ފޭލި ގުރުއާން މުބާރާތުން އެއްވަނަ ޢައިނީ އާއި ޢައްމާރު އަށް

މުޅި މުބާރާތުން އެއްވަނަ ހޯދި ޢައިނީ އާއި ޢައްމާރު

ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އޭދަފުށީގައި މި ރޯދަ މަހު ކުރިއަށް ގެންދިޔަ ފޭލި 20 ވަނަ ގުރުއާން މުބާރާތުން އެއް ވަނަ ބ. ތުޅާދޫ އާލިޔާމަންޒިލް، ޢައިނީ އަޙްމަދު އަބްދުއްރަހީމް އާއި އެރަށު މީޒާން ޢައްމާރު ބިން ސަޢުދުﷲ ޙާތިމް ހޯދައިފި އެވެ.

ޢައިނީ މި މުބާރާތުން އެއް ވަނަ ހޯދީ ފޮތުން ކިޔެވުމުގެ ބައިންނެވެ. އަދި އައްމާރު އެއްވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ.

ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ޢައްމާރަށް ވަނީ ސަލަފު ޖަމިއްޔާގެ ފަރާތުން އިނާމަކަށް އުމުރާ ދަތުރެއްދީފަ އެވެ. އަދި ފޮތުން ކިޔެވުމުގެ ބައިން އެއްނަ ހޯދި ޢައިނީއަށް  ސަލަފް ޖަމިއްޔާއިން ވަނީ 10،000ރުފިޔާގެ ފައިސާގެ އިނާމެއްދީފަ އެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރަން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި މުޅި މުބާރާތުން ރަން ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ޝީލްޑް އަދި ހަނދާނީލިޔުން ހަވާލުކޮށް ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އާއި ސަލަފު ޖަމިއްޔާގެ ފަރާތުން އަބްދުﷲ ނާފިޒު އެވެ.

މުބާރާތުން ވަނަތައް ހޯދި ބައެއް ބައިވެރިން

މި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ލިބުނީ އޭދަފުށި، އަލިތަރި އައިކާ ޢަލީ އަށެވެ. އެ ގޮފިން ތިންވަނަ ލިބުނީ ތުޅާދޫ އުއްތަރު، މިޢުވާން މުޢުތަޞިމް މުޙައްމަދަށެވެ.

ފޮތުން ކިޔެވުމުގެ ގޮފިން އޭދަފުށި ފެންއާރު، ފާޠިމަތު އަމްނާ ޢަބްދުﷲ ދެވަނަ ހޯދި އިރު، އެ ގޮފިން ތިންވަނަ ލިބުނީ ތުޅާދޫ ފަސްތަރި، ޔަމާނީ ޞާލިޙްއަށެވެ.  

މީގެ އިތުރުން މި މުބާރާތުގެ އެކި އުމުރުފުރާތަކުން ވެސް ދެ ގޮފިން ވަނީ ވަނަތައް ހޮވައި އިނާމާއި ޝީލްޑް އަދި ފައިސާގެ ވައުޗާ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.