އެޓޯލް ފުޓްބޯޅަ ޗެލެންޖު އަންނަމަހު 4 ގައި

މިދިޔަ އަހަރު އޮތް އަތޮޅު ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު އޮތް އަތޮޅު ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖު އަންނަ ޑިސެމްބަރ މަހު ފަށާ ގޮތަށް ނިންމައިފިއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ ޑިސެމްބަރ 4 އިން 14 އަށް އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

މިފަހަރުގެ މުބާރާތުގައި އަތޮޅުގެ 6 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެއީ އޭދަފުށި، ގޮއިދޫ، ފެހެންދޫ، މާޅޮސް، ކިހާދޫ އަދި ކުޑަރިކިލެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ދެވަނަ ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 15،000 ރުފިޔާ އެވެ. މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓް ގައެވެ. މިއީ ޔޫ ސްޕޯޓްސް އިން މި މުބާރާތް ކުރިއަށް ގެންދާ 5 ވަނަ އަހަރެވެ. މުބާރާތުގެ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގޮއިދޫ ބަލިކޮށް ފެހެންދޫއެވެ.

އަތޮޅުގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައިގެ ރޫހު އިތުރުކޮށް އެއްވަނަ ޑިވިޝަނާއި ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ފެށި މި މުބާރާތަކީ އަތޮޅު ރަށްތަކުގެ މެދުގައި ކޮންމެ އަހަރަކުވެސް ފޯރިއާއެކު ކުރިއަށްދާ މުބާރާތެކެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ކޯ ސްޕޮންސަރަކަށް އަރާބީ ހަމަޖެހުނުއިރު ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ. މިފަހަރުވެސް މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.