މާލޭގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން މުބާރާތުގައި ވާދަކުރި އޭދަފުށީ ދެ ޓީމުވެސް ކަޓައިފި އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފޭލި މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހަވީރު ޔުނިކް ސްޕޯޓްސް ކަުލްބަ އަތުން ބަލިވެގެންނެވެ. ހަވީރު ކުޅުނު މެޗު އޭދަފުށީ ޓީމަށް ގެއްލުނީ 3-2 އިންނެވެ.
އަތޮޅު ލީގުގައި ވާދަކުރި އޭދަފުށީ ބެޑްމިންޓަން ޓީމު މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން މޮޅުނުވެއެވެ.