
ބ. ކުޑަރިކިލު ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާހެވެ.
ކުޑަރިކިލު ސިއްހީ މަރުކަޒުގެ އިތުރުން ވެސް 10 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ރޭ ވަނީ ހަވާލުކޮށްފައެވެ.
ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 7,641,116.64 ރުފިޔާއަށެވެ.
މި ސަރުކާރުން ވަނީ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެނަކަ، އާރްޑީސީ އަދި އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

