މޯލްޑިވިއަންއިން ބ. އަތޮޅަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރަނީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ޝެޑިއުލް ދަތުރުތައް ކޮންމެ ހަފްތާއަކު ބ. އަތޮޅަށް ކުރަން ނިންމައިފި އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ސީޕްލޭން ދަތުރުތައް ކުރާނެ ކަމަށެވެ.

މި ދަތުރުތައް ކުރަނީ ބ. އަތޮޅުގެ ފުޅަދޫ، ގޮއިދޫ އަދި ފެހެންދޫއަށެވެ.

މި ދަތުރުތައް ފެށީ ފިތުރު ޢީދާ ދިމާކޮށް އިއްޔެއެވެ. އެގޮތުން މިހާތަނަށް ދެ ދަތުރު ކޮށްފައިވާއިރު، ދެ ފްލައިޓްވެސް ގޮސްފައިވަނީ ފުލްކޮށެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހު އިތުރު ދަތުރެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ ސީޕްލޭނެއްގައި އެއްފަހަރާ 12 އާއި 13 އާ ދެމެދުގެ އަދަދަކަށް ދަތުރުކުރެވޭނެއެވެ. ޓިކެޓެއްގެ އަގަކީ ކޮޅަކަށް 1,099 ރުފިޔާއެވެ. މާލެއިން ބ. ފުޅަދޫއަށް ދިއުމަށް ގާތްގަނޑަކަށް 25 މިނެޓު ހޭދަވާނެއެވެ.

މޯލްޑިވިއަން އިން ސީޕްލޭން ދަތުރުތައް ކުރުމަށް އެ އެއާލައިނުން 11 ބޯޓު ގެންގުޅެ އެވެ.

މޯލްޑިވިއަން އިން ވަނީ ފިޠުރު ޢީދާ ދިމާކޮށް އެހެނިހެން ޑޮމެސްޓިކް ދަތުރުތައްވެސް އިތުރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.