
އަންނަ ހޯމަ ދުވަހު ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުމަށް ޓަކައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޓީޗަރުންނާއި ދަރިވަރުންގެ ފޮތްތައް ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު “މިހާރު” ނޫހަށް ވިދާޅުވީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ހަމަކުރުމަށް ފޮތްތައް އަތޮޅުތަކަށާއި މާލެ ސަރައްދުގެ ސްކޫލުތަކަށް ބެހުމުގެ މަސައްކަތް މަސް ދުވަސް ކުރިން ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދަލުވީ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ކިޔެވުން ފެށުމުގެ ކުރިން އަތޮޅުތަކަށާއި މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބެހުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ފަށާފައިވާ ކަމަށެވެ.
މިހާރު ބާކީ ހުރީ ހަމައެކަނި ގްރޭޑް 4 އަދި 5 ގެ ބައެއް ފޮތްތައް ކަމަށާއި، އެ ގްރޭޑްތައް ފިޔަވައި އެހެން ހުރިހާ ގްރޭޑްތަކުގެ ފޮތްތައް ބަހާ ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބާކީ ހުރި ފޮތްތައްވެސް ދެ ދުވަހުގެ ތެރޭގައި ބަހާ ނިންމާލެވޭނެކަމަށްވެސް ވިދާޅުވިއެވެ.
މި އަހަރުގެ ޚާއްޞަ ކަމަކީ ކޮންމެ ދަރިވަރަކަށްވެސް ވަކި ފޮތްބައި ހަމަކޮށްދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ފާއިތުވި ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.